
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަންފާ ހޯއްދެވުމަށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
After a long spell of amnesia, Prz Solih smelts again.For pol expedience, pathetic effort to distort facts revealing more symptoms of dementia.Laments not building HMle bridge for $116m while for 3 yrs Prz N merely marvelled at the intricate engineering feat
— Abdulla Yameen (@prz_ymn) June 9, 2022
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ހަނދާން ނެތުމުގެ ބަލީގައި ދުވަސްތަކަކު އުޅުއްވުމަށްފަހު އަނެއްކައިވެސް ފައުޅުވެއްޖެކަމަށެވެ. އަދި އެމަނިކުފާނު ހަގީގަތާ ހިލާފަށް ދައްކަމުންދާ ވާހަކަފުޅުތަކަކީ ސިޔާސީ މަންފާއަށް ދައްކާ ވާހަކަފުޅުތަކެއް ކަމަށާއި މިކަންކަމުން އެމަނިކުފާނަކީ ސިކުނަޑީގެ އާލާސްކަންފުޅެއް ހުރި ބޭފުޅެއް ކަމަށް ޝައްކުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ޓްވީޓުގައި އިތުރަށް ވިދާޅުވީ ސިނަމާލެ ބުރިޖު 116 މިލިއަން ޑޮލަރަށް އެޅޭނެ ވާހަކަ ރައީސް ސާލިޙް ވިދާޅުވިއިރު، ރައީސް ނަޝީދު ތިން އަހަރު ވަންދެން ހުންނެވީ ސިނަމާލެ ބުރިޖުގެ ފުރިހަމަކަމާމެދު އާޝޯހުވެފައި ކަމަށެވެ.
ރައީސް ޔާމީންގެ މި ޓްވީޓަކީ ރައީސް ސާލިހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްވި ބަސްދީގަތުމުގައި ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެކެވެ. އިއްޔެގެ ބަސްދީގަތުމުގައި ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ނަމަ ސިނަމާލެ ބްރިޖް 116 މިލިއަން ޑޮލަރަށް އެޅީސް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ސިނަމާލެ ބްރިޖް އެޅުމުގެ ކުރިން ބުނަމުން ގެންދިޔައީ އެއީ ވާނެކަމެއް ނޫން ކަމަށާއި، އެކަމުގެ އިންޖިނިއަރިންގް އާއި ފައިސާ ނުހޯދޭނެ ކަމަށެވެ.
ރައީސް ޔާމީން މި ޓްވީޓު ކުރައްވާފައިވަނީ އެމްޑީޕީއަށް އެއަށްވުރެ ކުޑަ އަގުގައި ބްރިޖް އެޅޭނެކަމަށް ވިދާޅުވާއިރު، އެޕާޓީގެ ވެރިކަމުގައި އެކަން ނުވީ ކީއްވެތޯ ސުވާލުކުރައްވާ މޭރުމުންނެވެ.