ޚަބަރުސިޔާސީ

އަމާޒަކީ ހިދުމަތް ދިނުމުގައި ދުވަހަކުވެސް ނުދާ ހިސާބަކަށް ކައުންސިލް ގެންދިއުން: މޭޔަރު މުއިއްޒު

ހަތަރުވަނަ ދައުރުގެ ކައުންސިލްގެ އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މީގެ ކުރީގެ ކައުންސިލްތަކުން ނުދާ ހިސާބަކަށް ދިއުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ ފުރަތަމަ ”ސްޓާފް ނައިޓް“ ގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ފާސްކޮށްފައިވާއިރު އެ އަމާޒުތައް ހާސިލު ކުރުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރާމަސައްކަތްތައް ހިތުގެއަޑިން ބަލައިގަންނަ ކަމަށެވެ.

މޭޔަރު ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތްތަނުގައި ކައުންސިލްގެ އެންމެހާ މުވައްޒަފުން ގުޅިގެން މި އަމާޒަށް ވާސިލްވުމަށް މިހާރަށްވުރެ ވަރުގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއާއިއެކު މާލެ ސިޓީ ކައުންސިލްގެ ޓީމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ބަދަހިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ޓީމެއް ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ކައުންސިލް އެއްކޮށް ޑިޖިޓަލައިޒް ކުރުމާއިއެކު މާލެސިޓީ ގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންނާއި ގާތަށް ދިއުމަށް މަތީ ހަރުފަތްތަކަަށް ދިއުންކަމަށެވެ. އަދި މިކަމަށްޓަކައި ކައުންސިލްގެ މުވައްޒަފުން ހީވާގިކަމާއެކު މަސައްކަތް ކުރައްވާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button