ޚަބަރު

ހަތަރުހާސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ހަތަރުހާސް ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަދު ނެރެފިއެވެ.

ލިސްޓު އާންމުކޮށްފައި ވަނީ ކޮރަޕްޝަން ހިމެނޭ ކަމެއްގެ ގޮތުގައި އޭސީސީގައި މައްސަލަ ރަޖިސްޓަރީކޮށްފައި ވަނިކޮށެވެ.

 

ހަތަރުހާސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމު ކޮށްފައިވާއިރު، ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން, ފުރަތަމަ ބުރުގައި ދޫކުރާ 4000 ފުލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެއީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓު ކަމަށް ސަރުކާރުން ބުނެއެވެ.

 

ރައީސް އިބްރާހީމްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ތިބި މީހުން އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާމެދު ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި ފުލެޓުތަކުގެ ހައްގުވެރިން ތިބިތާ ތިއްބައި، ހައްގު ނޫން އެތައް ބަޔަކަށް ފުލެޓު ވަނީ ދީފައިކަމަށާއި، ރަށް ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށެވެ. ޝަރުތުތަކެއް ބަޔާންކޮށްފައިވާ އިރު، މި ލިސްޓުގައިވާ މީހުންނަށް ޝަރުތު ހަމަކުރީ ކިހިނެތްތޯއާއި ބިންވެރިޔާ ސްކީމްގައި ވެސް ބިން ދޫކޮށްފައިވަނީ ނުހައްގުން ކަމަށް ބުނެ އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button