ބޭރުގެ އިއްޒަތްތެރިންނަށް، ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަތުން އެ ލަގަބު އަތުލާނެ ތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަމަށް ބީރު ކަންފަތެއް ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި، އިސްލާމް ދީނަށް ކުޑައިމިސްވާގޮތަށް އެއްވެސް މީހަކު، ޕާޓީއެއް ނުވަތަ ގައުމަކުން އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ.
މޯދީއަކީ ހިންދޫ ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށާއި މުސްލިމުންގެ ލޭ އޭނާގެ އަތުގައި ހޭކިފައި ހުރި މީހެއްގެ އަތުން އެ ލަގަބު ހޯދަން ނުޖެހޭތޯ ނޫސްވެރިޔާ ކުރި ސުވާލު ރައީސް ސޯލިހު އަނބުރައިލެއްވީ އިހަކަށް ދުވަހު ބީޖޭޕީގެ ތަރުޖަމާނަކަށް ހުރި ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުމުގެ މައްޗަށެވެ.
”ތި ހިނގައިގެން އުޅޭ ކަމަކީ ވަކި ޕާޓީއެއްގެ ވަކި މީހަކު ކޮށްގެން އުޅޭ ކަމެއް ކަމުގައި އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ
ރައީސް އެފަދައިން ވިދާޅުވުމުން މޯދީއަށް އެެރުވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު އަތުލުމާ ގުޅޭ ސުވާލުގެ ޖަވާބު ބޭނުންވާކަމަށް ނުސްވެރިޔާ ބުނުމުން އެމަނިކުފާނު ވިދާޅުވީ، އެ ސުވާލަކީ ނުޕޫރު ޝަރުމާގެ ކަންތައް ފެންމަތިވުމުން ކުރިމަތިކުރުވާ ސުވާލެއް ކަމުގައެވެ.
”މިހާރު ތި އިޝޫ މިއަދު ކުރިމަތިވެގެން އުޅެނީ އިހަށްދުވެހު ހިނގި ކަމަކާ ގުޅިގެން ނޫންތޯ. އެކަމަކު އެއީ އެއީ.. މިއޮތް ހުރިހާ ދުވަހަކު ނުކުރައްވާ. އެހެންވީމަ އެކަމަކާ ގުޅިގެން އަޅުގަނޑު އެކަން ކުށްވެރިކޮށްފިން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ނޫސްވެރިންނާ މިއަދު ބައްދަލު ކުރެއްވީ 9 މަސް ދުވަސް ފަހުންނެވެ.