ޚަބަރު

ހިސާން ހުށަހެޅުއްވި އިސްލާހަށް، މެމްބަރ ސަނީފް ދެކޮޅު

ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތުގެ ބިލަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދިޔުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ. ސަނީފް މިބީދައިން ވާހަކަފުޅު ދައްކަވާފައިވަނީ ގާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ، ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ކުރެވޭ އިބްދިދާޢީ ބަހުސްގެ ތެރެއިންނެވެ.

މެންބަރު ސަނީފްވަނީ މިބިލުގައި ހުރި ގިނަ ކަންތައްތަކަކަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތުގެ ބިލަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދިޔުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ. ސަނީފް މިބީދައިން ވާހަކަފުޅު ދައްކަވާފައިވަނީ ގާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ، ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ކުރެވޭ އިބްދިދާޢީ ބަހުސްގެ ތެރެއިންނެވެ.

މެންބަރު ސަނީފްވަނީ މިބިލުގައި ހުރި ގިނަ ކަންތައްތަކަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަނީފް ވަނީ އިސްލާހުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1 އަދި 2 އުވާލުމަށް ގޮވާލާފައެެވެ. އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1 ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ 2 ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ދީނީ ކޮމިޓީއަށް މެމްބަރަކު އައްޔަން ނުކޮށް 5 އަހަރު ފާއިތުވުމުން، ސަނީފު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާ، މެމްބަރަކު އައްޔަން ކުރުމަށް އެމްޑީޕީގެ ޗެއަރ ޕާސަން އަށް ގޮވާލައިފައެވެ.

މިއަދުގެ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބިލަށް ތާއީދުނުކޮށް، ބިލް އަނބުރާ ގެންދިޔުމަށް ގޮވާލި މެންބަރަކަށް ފާހަގަކުރެވުނީ ސަނީފްއެވެ. މީގެ އިތުރުންވެސް އިތުރު 3 މެމްބަރަކު ވަނީ މި ބިލާއި ދެކޮޅަށް ވޯޓް ދެއްވައިފައެވެ. އެހެން މެންބަރުން ވަނީ ބިލް ދިފާއުކުރުމަށް އެކި ގޮތްގޮތަށް ވާހަކަ ފުޅު ދައްކަވާ، ބިލަށް ތާއީދު ނުކުރާ މެމްބަރުންނަށް ނިޒާމީ މައްސަލައިގެ ނަމުގައި ވާހަކައިގެ ތެރެއިން އުނދަގޫކުރުމާއި ޖެއްސުން ކުރުން ކަމުގައި ސިފަވާފަދަ ގޮތަކަށް ކަންކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button