ޚަބަރު

އެފްއޭއެމްގެ ދަނޑުތަކެއް ނުނިންމޭނެ: މަހުލޫފް

ފުޓްބޯލް އެސޯސިއޭޝަން އޮމް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ އެކި ސަރަހައްދުޔަކުގައި އެޅުމަށް ނިންމާފައިވާ ފުޓުބޯޅަ ދަނޑުތައް ނޭޅޭނެކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަޙުމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ މަޙުލޫފް ވިދާޅުވީ އެފްއޭއިމް އިން އެޅުމަށް ނިންމާފައިވާ ދަނޑުތައް ނޭޅޭނެކަމަށް މިހާފު ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމިނިސްޓްރީއިން މި ނިންމުން ނިންމި ސަބަބެއް މިނިސްޓަރ ސާފުކޮށްދެއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް މިކަމަށް ވީހާވެސް އަވަސް ހައްލެއް ލިބޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

އެފްއޭއެމްއިން 2020 ވަނަ އަހަރު ވަނީ ރާއްޖޭގެ 20 ސަރަހައްދެއްގައި ފުޓޫބޯޅަދަނޑު ގާއިމްކުރުމަށް ނިންމައި ސައުތު ކޮރެއާގެ ސްކައި ވިންގް ގްލޯބަލް ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button