ޚަބަރު

ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުނީ ޤައުމާ އެއްކޮޅަށް ވަކާލާތުނުކުރީމަ: އާޒިމާ

ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުނީ މި މައްސަލައިގައި ސަރުކާރުން ދިވެހި ޤައުމާ އެއްކޮޅަށް ވަކާލާތުނުކުރީމަ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ރާއްޖޭގެ ސަރަޙައްދީ އިން ކަނޑައެޅުމާ ގުޅިގެން ގޮތް ނިންމިއިރު އެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ގެއްލި ދިވެހިންނަށް ނާކާމިޔާބު ވުމާއި ގުޅިގެން ކަނބޮޑުވުން ފާޅުކުރައްވާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. ޗާގޯސް މައްސަލައިގައި ކަންހިނގާދިޔަގޮތާއި ގުޅިގެން ސަރުކާރުން ފަންޑުކުރާ ނޫސްތައް މެދުވެރިކޮށް ރައްޔިތުންނަށް އޮޅޭގޮތަށް ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ވެސް އާޒިމާ ދަނީ ހާމަ ކުރައްވަމުންނެވެ.
އާޒިމާ ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮޅުވީ ސަރުކާރުކަމަށާއި، ބަލިވީ އަދި ގެއްލުންވީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ކަމަށެވެ. އަދި ގެއްލިގެން ދިޔައީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ 44އެއްހާ އަކަކިލޯމީޓަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއިއެކު އާޒިމާވަނީ ސަރުކާރުން ހުއްޓުމެއްނެތި ބޮޑުބައި ރާއްޖެއަށް ލިބުނުކަމަށްބުނެ ކާމިޔާބީ އެއްގެގޮތުގައި މިކަން ފާހަގަކުރަނީ ރާއްޖޭގެ ސަރަޙައްދުން އެއްބައި އެހެންބަޔަކަށް ދޭން އެއްބަސްވާމީހުން ކަމަށް ވިދާޅުވެފައެވެ. އަދި ފުށުއަރާ ސަރަޙައްދުގެ 49% ގެއްލިގެންދިޔަތަން ފެނުނީ ރާއްޖޭގެ ސަރަޙައްދުން އެއްވެސްތަނެއް އެހެންބަޔަކަށް ދޭން ބޭނުންނުވާ މީހުންނަށް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި ގިނަބަޔަކަށް އޮޅުން ނުފިލާ ހުރި ގިނަ މަޢުލޫމާތުތަކެއް އާޒިމާ ދަނީ ސޯޝަލް މީޑީއާގައި ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ 200 ނޯޓިކަލް މޭލު ލިބިގަތުމަށް ޗާގޯސްއަކީ ރާއްޖޭގެ ތަނަކަށް ވާންނުޖެހޭ ސަބަބުތައް އޭނާ ހިއްސާކުރެއްވިއެވެ.
އާޒިމާ ފާހަގަކުރެއްވީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ އެ ޤައުމެއްގެ އަމިއްލަ އެއްޗެއް ކަމަށާއި، އެއީ އިޤްތިޞާދީ ނަފާ ލިބިގަތުމަށް ބައިނަލް އަޤްވާމީ ޤާނޫނުން ލިބިދޭ ސަރަޙައްދެއްކަމެވެ. އަދި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ
ޤާނޫނުން ކަނޑައަޅާ ކަނޑުގެ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދުކަމާއި އެ ސަރަޙައްދުގެ ކަނޑުގައިވާ މަހާއި، ތެޔޮހުރިނަމަ ތެލާއި، މައުދާނާއި އެހެން ހުރިހާ އެއްޗަކީ ރާއްޖޭގެ މިލްކެއްކަމަށާއި އެއީ ރާއްޖެއަށް ބޭނުންކުރެވޭނެ ތަކެތި ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 200 ނޯޓިކަލް މޭލުގެ ސަރަޙައްދުވަނީ 96 ވަނަ އަހަަރުން ޤާނޫނުން ކަނޑައަޅައި، އ.ދ އަށް ހުށަހަޅައިގެން ރާއްޖައަށް ލިބިގަނެފައިކަމަށާއި، ޗާގޯސްއަކީ ބައިނަލްއަޤްވާމީ ހަމަތަކުން މީހުން އުޅޭ ތަނެއްނޫން ކަމާއި، ޤައުމެއް ނުވަތަ ދަޢުލަތެއްވެސް ނޫންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތަކަށާއި އަދި ރައްޔިތުން ދިރިއުޅޭ ޤައުމަށް ލިބޭ ޙައްޤުތަކެއް ޗާގޯސްއަކަށް ނުލިބޭނެ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންނަމަވެސް މިކަންކަމަށް ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ނުވާކަން އާޒިމާ ފާހަގަކުރެއްވިއެވެ. އަދި މިމައްސަލައާއި ގުޅިގެން މަޢުލޫމާތު އޮޅުވާނުލެއްވުމަށް ސަރުކާރު ތަމްސީލްކުރައްވާ މަޖްލިސްމެމްބަރުންނަށާއި، ސަރުކާރުގެ ދިފާޢުގައި ވަކާލާތުކުރައްވާ ފަރާތްތަކަށް ޢާޒިމާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުމާއިގުޅިގެން އާޒިމާ ވަނީ ދިވެހިންގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިވެހިންގެ އަތްމަތިން ގެއްލުނު ދުވަހު އެއާޕޯޓު ހޯދުމަށް ކުރަންޖެހުނު މަސައްކަތް ރާއްޖޭގެ ސަޙަރައްދު ހޯދަން ކުރަންޖެހުނަސް، ފަސް ނުޖެހި ދިވެހިން އެ މަސައްކަތް ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button