ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ހުޅުމާލޭގައި ޕޯސްޓަރުތަކެއް ހަރުކޮށްފި
އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާން ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް ބަޔަކު ހުޅުމާލޭގައި ޕޯސްޓަރުތަކެއް ހަރުކޮށްފިއެވެ.
މި ޕޯސްޓަރުތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕޮޓޯ މަތީ ބޫޓެއްގެ ނިޝާން ފެނާން ހުއްޓެވެ.
ދިވެހި ގިނަ އަދަދެއްގެ ބަޔަކުދަނީ ސޯސަލްމީޑިއާ ގައި ރަސޫލާ އަށް ފުރައްސާރަ ކުރި އިންޑިއާގެ ނުޕޫރު ޝަރުމާއަށް ފިޔަވަޅުއެޅުމަށް ގޮވާލާ ޕޯސްޓުކުރަމުން ވެސް އެބަދެއެވެ.
ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައި ވަނީ މަޖުބޫރުން ކަމަށް ބުނެ އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި މަޖިލީހަށް ހުށައެޅުނު ކުއްލި މައްސަލަ ވަނީ އެމްޑީޕީގެ މެމްބަރުން ތާއީދުނުކޮށް ބޭރުކޮށްލާފައެވެ.
މޯދީގެ ޕާޓީގެ ބަޔަކު ރަސޫލާ އަށް ފުރައްސާރަ ކުރުމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުންވެސް އަންނަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރުމުންނެވެ.