ޚަބަރުސިޔާސީ

ސަލްމާން މިސްކިތް އަދި ކައުންސިލާއި ހަވާލު ނުކުރޭ: މޭޔާރ

ކިންގް ސަލްމާން މިސްކިތް އަދިވެސް މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔާރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތް އަދިވެސް މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރާކަމަށާއި، އެތަނުގައި ކައުންސިލުން ޕާކިން ޒޯނެއް ހެދުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.

.މިކަމާއި ގުޅޭގޮތުން މޭޔަރ ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުމުން އެކަމާއި އުފާކުރާ ކަމަށެވެ. އަދި އެ މިސްކިތް ހެދުމުގެ ޕްރޮޖެކްޓް ހިންގީ ހައުސިންގް މިނިސްޓްރީން ކަމުން އެ މަޝްރޫޢު އެންމެ ލަސްވެގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ނިމެންޖެހޭނެކަން އެކަމުގައި އުޅުނު އެންމެންނަށް އެނގޭނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިސްކިތް ނިމުނުތާ 2 އަހަރުވެފައި ވުމުން ރަސްމީކޮށް ނުހުޅުވުނު ނަމަވެސް ނަމާދުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސް ސޯލިހުގެ އަރިހުން އެދިފައިވާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިސްކިތަށްދާ ފަރާތްތަކަށް އެކަށީގެންވާ ޕާކިން އޭރިއާއެއް ހެދުމަށް ނިމިދިޔަ ވެރިކަމުގައި ޕްލޭން ހަދާފައިވާނެ ކަމަށާއި އެޕާކިން އޭރިއާ ރޯދައިގެ ކުރިން ހަދާ ނިންމުމަށް އެކަމަށް ހަމަޖެހިފައިވާ ބިން ކައުންސިލާއި ހަވާލުކުރުމަށް ވެސް އެދިފައިވާނެކަން މޭޔަރު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުން އެއްބާރުލުން ދީފައިނުވާކަމުގައި މޭޔަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button