ޚަބަރު
”ހިތް ގައިމު ފަރު“ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި
މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުންކުރިއަށް ގެންދިއުމަށް ނިންމާފައިވާ ”ހިތް ގައިމު ފަރު“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ މާލެ ވަށައިގެންވާ ފަރުތައް ސާފުކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް، އަދި ޚާއްސަކޮށް ޑައިވިންގ ކުރާ ބޭފުޅުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮގްރާމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިކަމާއި ގުޅިގެން 7 ޖޫން 2022 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް 6 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް secretariat@malecity.gov.mv އަށް މެއިލް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.