ޚަބަރުސިޔާސީ

އެމްޑީޕީ އުފެއްދި މެންބަރުން ވަކި ކުރަން ގައުމީ މަޖިލީހުން ނިންމުމަކީ ހިތާމައެއް: ހަސަން ލަތީފް

އެމްޑީޕީއަށް ދިމާވެފައިއޮތް އެންމެ ބޮޑު ނާޒުކު މައްސަލައަކީ ޕާޓީގެ 40،000 އެއްހާ މެންބަރުން ވަކި ކުރުމަށް ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކުން ނިންމުން ކަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުން މީހުން ވަކި ކުރާ މައްސަލައިގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަަވަމުން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވީ އެ ބައްދަލުވުމުގައި ޕާޓީގެ 40،000 މެންބަރުން ވަކިވާގޮތަށް ގަރާރެއް ފާސްކޮށްފައި ކަމުގައެވެ.

”ސިއްރު ސިރުން އެތަނުން ނިންމާލިއިރު އެ މެންބަރުންނަށް ވާއެއް ނުވާއެއް ނޭނގޭ. ޕާޓީގެ ގުނަވަންތަކުގައި މަޝްވަރާކޮށްގެނެއް ނޫން އެކަން ކޮށްފައިވަނީ.“ ހަސަން ވިދާޅުވިއެވެ.

އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ހަސަން ވިދާޅުވީ ގައުމީ މަޖިލިސް ތަމްސީލް ކުރާ 140 މީހުން އެއްވުމަށްފަހު ޕާޓީގެ އެހާ ގިނަ އަދަދެއްގެ ބައެއް ވަކި ކުރެވޭގޮތަށް ގަރާރެއް ފާސްކުރެވިދާނެ ކަމަށް ދެކިގެން ނުވާނެ ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button