ޚަބަރުސިޔާސީ

ރިޒާވުގައި ބާކީ ހުރީ ކިހާ ދުވަހެއްގެ ތެލާ ކާޑާއި ބޭހުގެ ފައިސާތޯ ބަލަނީ

ދިވެހި ދައުލަތުގެ ޔޫޒަބަލް ރިޒާވުގައި ބާކީ ހުރީ ކިހާ ދުވަހެއްގެ ތެލާއި، ކާޑާއި ބޭސް ގަނެވޭ ފައިސާއެއް ތޯ މާލީ ވަޒީރު އިބްރާހީމް އަމީރު އާއި ސުވާލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އިތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ އަބްދުﷲ ނިންމަވައިފިއެވެ.

އަމީރު އާއި ސުވާލު ކުރެއްވުމުގެ ނޯޓިސް ޓުވިޓާގައި ހިއްސާ ކުރައްވަމުން އީވާ ވިދާޅުވީ ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި އެތަކެރި ގަތުމަށް ހުންނާނެ ފައިސާގެ އަދަދަކީ ކޮބައިތޯ އަމީރު އާއި ސުވާލު ކުރައްވާފައެވެ.

ސުވާލުގެ ޖަވާބު ހޯއްދެވުމަށް އީވާ އެދިވަޑައިގަތީ ލިޔުމުންނެވެ.

އީވާ ފާހަގަކުރެއްވިގޮތުގައި ޖޫން މަސް ފެށުނުއިރު ރާއްޖޭހެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރެވެ. އަދި ޖޫން ޖުލައިގައި 130 މިލިއަން ޑޮލަރު ދަރަނި އަނބުރާ ދައްކަން ހޭދަކުރަން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.

”މި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހު ބެޖެޓުކޮށްފައިވާ ޑިފިސިޓަކި 150 މިލިއަން ޑޮލަށްވުރެ އިތުރު އަދަދެއް.“ އީވާ ވިދާޅުވިއެވެ

އޭނާގެ ސުވާލުން މާލީ ކަންކަން ގޯސްކޮށް ހުރިކަން އެމްޑީޕީ އިން ގަބޫލުކުރާކަން ހާމަވެއެވެ. ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާފައިވާއިރު އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button