ޚަބަރު

ޝަރީފް އީސީއިން އިސްތިއުފާ ދެއްވުމަށްފަހު، އެހެން މަގާމަކާ ހަވާލުވަނީ؟

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އީސީގެ މެންބަރުކަމުން އިސްތިއުފާ ދިން ކަން ވަނީ މިއަދު މެންދުރު 12:00 ގައި އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުން ޝަރީފްގެ ޓްވީޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި އެބޭފުޅާ މަގާމުން އިސްތިއުފާ ދެއްވީ ވޭތުވެދިޔަ ތިން އިންތިޚާބުގައި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކުރެއްވުނު ކަމުގެ ހިތްހަމަ ޖެހުމާއި އެކުއެެވެ.

މަގާމުން އިސްތިއުފާ ދެއްވި ކަމުގައި ވިޔަސް ކުރިމަގުގައި ވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނާނެ ކަމުގެ ޔަގީންކަން ޝަރީފްގެ ޓްވީޓުގައި ވަނީ ދެއްވާފައެވެ. ޝަރީފްގެ ޓްވީޓުގައި މި ބީދައިން ލިޔުއްވާފައި އޮތުމުން ، ޝަރީފަށް ސަރުކާރުގެ އެހެން މަގާމެއް ދެއްވަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އަދި މިކަމާއި ގުޅިގެން އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button