ޚަބަރުސިޔާސީ

މިރޭގެ ”އިންޑިއާ އައުޓު“ މުޒާހަރާއިން 2 މީހުން ހައްޔަރަށް

މިރޭ އިދިކޮޅުން ކުރިޔަށް ގެންދިޔަ ”އިންޑިއާ އައުޓު“ މުޒާހަރާ ތެރެއިން 2 އަންހެނަކު ހައްޔަރު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ހީނާގެ އިތުރުން ހައްޔަރު ކުރި ދެމީހުންގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ އެ ދެމީހުން މިވަގުތު ތިބީ އަތޮޅުވެހީގައި ކަމުގައެވެ. އަދި ބަންދުގައި ބައިތިއްބައިގެން ކޯޓަށް ގެންދިއުމާމެދު ނިންމާގޮތެއް މިރޭ އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

”ދެމީހުން ދޫކޮށްލާކަމެއް ހައްޔަރަށް ލަނީ ކަމެއް އަދި އެނގޭނީ އިރުކޮޅެއް ފަހުން.“ އާސިފް ވިދާޅުވިއެވެ.

މިރޭގެ މުޒާހަރާގައި ދައުލަތުގެ 100 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ފަންޑު ފޮއްޓެއްވެސް ގެންގުޅުނެވެ. މީގެ އިތުރުން ”ލާދީނީ ސަރުކާރު“ ”ރާއްޖެ މިނިވަންކުރޭ“ ފަދަ ޝިއާރު ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިހާރު އަންނީ ކޮންމެ ރެއެއް ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button