ޚަބަރު

ކޯޓު އަމުރެއްގެ ދަށުން އަޒާނުގެ ފޯނު އަތުލުމުގެ މަސައްކަތް ފުލުހުން ފަށައިފި

ކޯޓު އަމުރެއްގެ ދަށުން ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ފޯނު އަތުލަން ފުލުހުން މަސައްކަތް ފަށައިފިއެވެ.

އަޒާން ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ފޯނު އަތުލަން ފުލުހުން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވާ ކަމުގައެވެ. އޭނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް އެއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެކަން ފާހަގަކޮށްފައެވެ.

އިތުރު ޓުވީޓެއްގައި އަޒާން ވަނީ އޭނާގެ ފޯނު އަތުލުމަށް ބެލެވޭ ސަބަބު ފާހަގަކޮށްފައެވެ. އެގޮތުން އަޒާން ބުނީ އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންގެ ޒާތީ މާއުލޫމާތުތައް ލީކު ކޮށްލީ އޭނާކަމަށް ތުހުމަތުކޮށްފައިވާ ކަމުގައެވެ. އެކަމަކު އެއީ ކޮންމެ މީހަކަށްވެސް އެނގޭނެހެން އެ ހޮސްޕިޓަލުގެ ވެބްސައިޓުން ބަލާލެވޭ ގޮތަށް ޖެހިފައި ހުރި ޓެކްނިކަލް މައްސަލައެއްކަން ހާމަވާނެ ހެއްކެއް އަޒާން ވަނީ ޓުވީޓްކޮށްފައެވެ.

އެއީ އައިޖީއެމްއެޗްގެ އައިޓީ ޑިޕާޓުމެންޓުގެ މުވައްޒަފަކާއި އަޒާން އާއި ދެމެދު މުއާމަލާތް ކުރި ފޯނު ކޯލްގެ ރިކޯޑިން އެވެ. އެ ފޯނު ކޯލުން އެނގޭގޮތުގައި އެއީ ކޮންމެ މީހަކަށްވެސް ބަލާލެވޭގޮތަށް އައިޖީއެމްއެޗުގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަން ސާފުވާ މިންވަރަށް އެނގެއެވެ.

އެ ފޯނު ކޯލުން އެއީ ހޮސްޕިޓަލުގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަން އެނގޭއިރު މި މައްސަލައިގައި ފުލުހުންގެ ބަހެއް ލިބިދާނެތޯ ”ބޮންތި“ އިން ކުރި ސުވާލަށް އަދި ޖަވާބެއް ނުދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button