ބީޖޭޕީން ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލައިފި
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން އަދި އެޕާޓީގެ އިސް ބޭފުޅުން އިސްލާމް ދީނަށާއި މާތް ނަބިއްޔާ (ސ.އ.ވ) އަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އިންޑިއާގެ އުފެއްދުންތައް “ ބޭން އިންޑިއާ “ ނަމުގައި ހޭޝްޓެގެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމް ތަކުގައި އިސްލާމީ ޤައުމުތަކުން ނުރުހުން ފާޅުކުރަމުން ދާއިރުވެސް މި ގައުމުގެ ދައުލަތުން އެކަން ކުށްވެރިކޮށްފައިނުވުމަކީ ހިތާމަކުރާ ކަމެއް ކަމުގައި ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 33 މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ 6 މެމްބަރުން ތިއްބެވިއެވެ.
މައްސަލަ ބޭރު ކުރަން ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުން:
- 1- ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
- 2- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
- 3- މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- 4- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
- 5- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
- 6- މައްޗަންގޮޅި އުތުރު މުހައްމަދު ރަޝީދު
- 7- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
- 8- ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
- 9- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
- 10- ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
- 11- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
- 12- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
- 13- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
- 14- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- 15- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- 16- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- 17- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
- 18- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- 19- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް
- 20- އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން
- 21- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
- 22- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
- 23- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް
- 24- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
- 25- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
- 26- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
- 27- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
- 28- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ
- 29- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
- 30- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް އިބްރާހިމް
- 31- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- 32- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
- 33- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި 10 މެމްބަރުން:
- 1- މަޖިލިހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
- 2- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
- 3- ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން
- 4- ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް
- 5- މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
- 6- ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
- 7- ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު
- 8- ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޣައްސާން މައުމޫން
- 9- މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު
- 10- ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
މާތް ނަބިއްޔާ (ސ.އ.ވ) އަށް ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ކުށެއް ކަމަށާއި، އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީއަކީ މިހާރު ހައްދުފަހަނަ އަޅައިފައިވާ ޕާޓީ އެއް ކަމައްށާ އެޕާޓީގެ އިސް ބޭފުޅުންނަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާ ދިވެހި ރައްޔިތުން ވެސް ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.
މީގެ އަހަރުތަކެއް ކުރިން އިސްލަމްދީނުގެ އަސްލުތަކާއިމެދު ސުވާލު އުފައްދާ، ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ރިޕޯޓް ހެދި މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯކް (އެމްޑީއެން) ގެ ފަރާތްތަކާމެދު ވެސް ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި ސަރުކާރު މަގާމުތަކުގައި ތިބި (އެމްޑީއެން) ގެ މެންބަރުން މަގާމުތަކުން ވަކި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލާފައެވެ. އެއިރު އެމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެންބަރު އަހުމަދު ޝިޔާމުއެވެ.