ޚަބަރުސިޔާސީ

ގާނޫނު އަސާސީ ސަސްޕެންޑު ކުރަންވީ ނޫންތޯ؟: ޑރ. ޖަމީލް

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓަރނީ ޖެނެރަލުގެ އޮފީހުން އެކުލަވައިލައި، ރައީސް އޮފީހަށް ފޮނުވުމާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ “ގާނޫނޫ އަސާސީ ސަސްޕަންޑްކުރަންވީ ނޫންތޯ، ނުވަތަ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ބާޠިލް ކޮށްލަންވީ ނޫންތޯ” މިފަދައިން ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ގާނޫނޫލްއުގޫބާތުގައި ބަޔާން ކުރާ އަމަން އާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނައި ގާނޫނަށް އިސްލާހު ގެނައުމަށް އެޓަރނީ ޖެނެރަލުގެ އޮފީހުން ބިލެއް އެކުވައިލައި ރައީސްުލް ޖުމްހޫރިއްޔާއަށް ހުށައެޅުމާއި ގުޅިގެންނެވެ.

ބެލެވޭ ގޮތުގައި މި ބިލަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޔައްގޫމް އިސްވެހުންނަވައި، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވާލުމަށް އެކުލަވާލާފައިވާ ބިލެކެވެ. އަދި މި އިސްލާހަކީ ކަނޑައެޅިގެން ވަކި ހަރަކާތެއް ބަޔާން ކޮށްފައިނުވާ އިސްލާހަކަށް ވުމުން، މި ބިލު ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button