ޚަބަރު

ކެނެރީގެ ފާރުގައި ”އިންޑިއާ އައުޓު“ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ޖޭޕީގެ މެންބަރެއް

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ފާރުގައި ”އިންޑިއާ އައުޓު“ ޖެހިކަމުގެ ތުހުމަތުގައި މިރޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރުގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. ހައްޔަރު ކުރި ޒުވާނާ ނިސްބަތް ވަނީ ޖުމްހޫރީ ޕާޓީއަށެވެ.

ކޯޓު އަމުރުގައިވާގޮތުން އޭނާ މުޖުތަމައުގެ ތެރެއަށް ވީއްލިފައި ހުރުމަކީ ގައުމީ ސަލާމަތަށް އޮތް ގެއްލުމެކެވެ. އަދި އޭނާ އާއި އެކު އިތުރު ބައިވެރިއަކު ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ގެކޮޅަށް ގެއްލުން ދިނުމަކީ މުދަލަށް ގެއްލުން ދިންކަމުގައި ބަޔާންކޮށް ރައީސް ނަޝީދުގެ އާއިލާގެ މެންބަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ނަފްސާނީގޮތުން ގެއްލުން ލިބިފައިވާކަމަށް ދައުވާ ކުރާ ފަރާތާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ. އޭނާގެ ސަބަބުން ހާރިޖީ ގުޅުމަށް އަސަރުކުރާ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button