ޚަބަރު

ޓިކްޓޮކް ތަރި ޝިފާ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަލާކަމެއް ނޭނގޭ


ޓިކްޓޮކް ތަރި ޝިފާ އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މިވީޑިއޯ އާންމު ވުމާއެކު ޝިފާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ޝިފާ އަކީ ދާދިފަހުން ޓިކްޓޮކްގައި އޭނާ އާންމުކުރަމުންދިޔަ ނެށުމުގެ ވީޑިއޯތަކުން މަޝްހޫރުވި ފަރާތެކެވެ. މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އިތުރު އަންހެނަކާ އެއްކޮށް ފާޙިޝް އަމަލުތަކެއް ކުރާތަން ފެނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް މައްސަލައެއް ބަލަމުން ގެންދޭތޯ ”ބޮންތި“ އިން ސުވާލުކުރުމުން ފުލުހުން ބުނީ އެކަން ބެލުމަށްފަހު އަންގާނެ ކަމުގައެވެ. އެފަހުން ގުޅުމުން ޖަވާބެއް ނުދެއެވެ.

ފަހަކަށް އައިސް އިސްލާމް ދީނާ ހިލާފު ޝުއޫރުތައް ރަމްޒުކޮށްދޭ ގިނަ އަދަދެއްގެ ވީޑިއޯ މީސްމީޑިއާގައި ދަނީ އާންމުވަމުންނެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް މައްސަލައެއްގައި އަދި މިހާތަނަށް ފުލުހުން ފިޔަަވަޅު އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

3 Comments

Leave a Reply to Shifa Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button