ޚަބަރުސިޔާސީ

ބިނާކުރުވަނިވި ވިސްނުން ތަކާއިއެކު  މުޒާހިރާ ކުރުމަކީ ތަހުޒީބު ކަމެއް: މުހައްމަދު

ތަހުޒީބު ގައުމުތަކުގައި ބިނާކުރުވަނިވި ވިސްނުން ތަކާއިއެކު  މުޒާހިރާ ކުރުމަކީ ތަހުޒީބު ކަމެއް ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގައި ޗެއަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ”އިންޑިޔާ އައުޓް“ މުޒާހަރާއިން އެކި ފަހަރު މަތިން ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުން އެ މުޒާހަރާތަކަށް ހުރަސް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މުޒާހިރާތަކުގައި އާންމުންނަށް  އުނދަގޫ ވުމަކީ މުޒާހިރާގެ އެއް ސިފަ އެވެ. އަދި މުޒާހަރާ  ކުރުމަކީ ގާނޫނުތަކުން މަނާކަމެއް ނޫންކަމުގައެވެ.

”އެއްވެ އުޅުމުގެ ގާނޫނާއި ހިލާފުވި ސަބަބެއް ނޭގޭ,  އިންޑިއާއައުޓު ޝުއޫރު ފާޅު ކުރުމަކީ މަނާކަމެއްކަމަށް  ބުނެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް, މޫނުގައި މާސްކު އެޅިކަމަކު ކާކުކަން ސާފުކޮށް ނޭގޭ ކަމަށް ބުނުމަަކީ އިންސާފުން އެކަހެރި ވެފައިވާ ބަޔަކު ނޫނީ ނުބުނާނެ ވާހަކައެއް, މީހަކު މާސްކެއް އެޅުމަކުން އާންމު މަސްލަހަތަށް ކުރަން ޖެހޭ އެއްވެސް އަސަރެއް ނޯންނާނެ, މާލޭގެ އެކި ސަރަހައްދު ތަކުގައި އެއްވުން މަނާވާ ގާނޫނެއް  ނެތް, ގާނޫނު އަސާސީއިން ލިބޭ ހައްގެއް ހަނިކުރެވޭނެ ފޯމިއުލާއެއް ނެތް, ވަކި ސަރަހައްދުތަކެއް ގާނޫނު ތަކުގައި ގްރީން ޒޯނުގެނަމުގައިވޭ, އެ ސަރަހައްދުތަށް ފިޔަވާ ދެން ހުރި  ސަރަހައްދުތަކުގައި އެއްވުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ  ފަރާތަކަށް ފުލުހުންނެއް ނުވާނެ, އެ ބާރެއް ފުލުހުންނަކަށް  ނޯންނާނެ, ފުލުހުންގެގާނޫނީ ޒިންމާ އަކީ ރައްކާތެރިކަން  ބެލެހެއްޓުން އެއީ މުޒާހިރީން ވެސް ހިމެނޭ ގޮތަށް, ފުލުހުންގެ  އަސާސީ ޒިންމާ އަކީ ދިވެހިންނަށް ހިދުމަތް ކުރުން މުޒާހިރާ  ކުރުމަކުން، މާސްކެއް އެޅުމަކުން، އިންޑިއާ އައުޓު  ގޮވުމަކުން  ދިވެހި ވަންތަކަމުގެ ހައިސިއްޔަތު ގެއްލޭ ގާނޫނެއް ނެތް.“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ ހަރަކާތްތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވާ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރު ކޯލިޝަންގެ ވެރިންގެ ސޫރަ ކުރެހި މޫނުމަތި ބޭނުންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button