ޚަބަރުސިޔާސީ

ސޫޒަންއަށް އަހަރަކު 924،000 ރުފިޔާ؟

އެސްޓީއޯގެ ކޮންސަލްޓަންޓް އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅަށް އަހަރަކު 924،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭކަން ހާމަވެއްޖެއެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް ”ބޮންތި“ އާއި މަލޫމާތު ހިއްސާކުރި އެސްޓީއޯގެ އޮފިޝަލަކު ބުނިގޮތުގައި ސޫޒަނަށް މުސާރައިގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 77،000 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ސޫޒަން އެސްޓީއޯގެ ކޮންސަލްޓެންޓުގެ މަގާމަށް އައްޔަން ކުރެވުމާއެކު، އެކުންފުނީގެ އިސް މުވައްޒަފުންތަކެއް ވަނީ އެކުންފުނިން އިސްތިއުފާ ދީފައެވެ. އެގޮތުން އެކުންފުނީގެ 6 ޑިޕާރޓްމެންޓް ހެޑުންނާއި، 15 މެނޭޖަރުން އިސްތިއުފާ ދީފައިވެއެވެ.

ސޫޒަނަކީ މީސް މީޑައާގައި އެމްޑީޕީއަށް ތާއީދުކޮށް ލިޔެ، އިސްލާމް ދީނުގެ އަސާސްތަކާ ފުށޫ އަރާފަދަ އަމިއްލަ ވިސްނުން އިސްކޮށްގެން ދީނުގެ ބައެއް ކަންކަމަށް މަލާމާތް ރައްދުވާގޮތަށް ބަސްމަގު ބޭނުން ކުރާ ފަރާތެކެވެ.

އެގޮތުން އޭނާ މީގެ ކުރިން ވަނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު އަދި އަކްރަމް އަބްދުލްޤަނީ އަކީ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން ކަމަށް ބުނެފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ސޫޒަނަށް ދޭ މުސާރައިގެ ތަފްސީލަ ހޯދުމަށް އޮންލައިން ނޫހެއް ކަމަށްވާ ”ދިޔަރެސް“ އިން ވަނީ އެސްޓީއޯގައި އެދިފައެވެ. އެކަމަކު އެކުންފުނިނަ ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތު ދިޔަރެސް އާ ހިއްސާ ކުރުމަށް އެސްޓިއޯއަށް 7 ދުވަހުގެ މުހުލަތެއް ދީފައެވެ.

One Comment

  1. އަނހާ ސަހަރޯ. ތިޔަމީހާއަށް މުސާރަދޭ ވަރު އެނގުނީމާ، ކުންފުންޏަށް ތިޔަ ލިބުނީ އިޔާދަ ނުކުރެވޭފަދަ ގެއްލުމެއް ނޫންތޯ……؟

Leave a Reply to ނުރަބޯ Cancel reply

Your email address will not be published. Required fields are marked *

Back to top button