ޚަބަރުސިޔާސީ

ދިވެހިންނަށް އަގުބޮޑުކޮށް މަސްދަޅު ވިއްކުން ސަރުކާރުން ހުއްޓާލަން ޖެހޭ: ސައީދު

ދިވެހިންނަށް އަގުބޮޑުކޮށް މަސްދަޅު ވިއްކުން ސަރުކާރުން ހުއްޓާލަން ޖެހޭކަމުގައި ޕީއެންސީގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

”ވޮއިސް“ ނޫހުގައި ޝާއިއު ކޮށްފައިވާ މާންދޫ މަސްދަޅު އަގުބޮޑުވި ހަބަރު ޓުވިޓާގައި ހިއްސާކުރައްވައި ސައީދު ވަނީ މިހާލަތުގައި، އިމްޕޯޓުކޮށް ވިއްކާ ބާވަތްތަކާއި އެއް ހަމައެއްގައި ސަރުކާރުން ސަބުސިޑައިޒްކުރާ ބާވަތްތައް ހިމެނުން ދެކޮޅުޖެހޭތޯ ސުވާލު އުފައްދަވާފައެވެ.

އެއާއެކު ސައީދު ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިތުހުރިވަރަކަށް ކަމުގައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސް ކުންފުނި ހޮރައިޒަން ފިޝަރީޒް އިން ވިއްކަމުން އަންނަ މާންދޫ މަސްދަޅުގެ އަގު ބޮޑުކޮށްފައިވާއިރު، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގުވެސް ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.

މައިގަނޑު ސަަބަބެއްގެ ގޮތުގައި ދެ ކުންފުނިންވެސް ބުނަނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މަސްދަޅު ތައްޔާރު ކުރަން ދަޅަށް އަޅާ ތެލުގެ އިތުރުން ޕެކިން މެޓީރިއަލްގެ އަގު މައްޗަށް ދިއުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button