ޚަބަރު

ގާސިމްގެ ކުންފުނިން ތައްޔާރު ކުރާ މަސްދަޅުގެ އަގުވެސް ބޮޑުކޮށްފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސް ކުންފުނި ހޮރައިޒަން ފިޝަރީޒް އިން ވިއްކަމުން އަންނަ މާންދޫ މަސްދަޅުގެ އަގު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މާންދޫ މަސްދަޅު ތައްޔާރު ކުރަން ދަޅަށް އަޅާ ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މިއަދުން ފެށިގެން އަގު ބޮޮޑުވާނެ ކަމުގައެވެ.

އަގުތަކަށް ގެނައި ބަދަލު

ކުރިން 10ރ އަށް ވިއްކި 100 ގްރާމް ތެޔޮ މަސްދަޅެއް 12ރ. އަށް

ކުރިން ހޯލް ސޭލްކޮށް 320ރ އަށް ވިއްކި ތެޔޮ މަސްދަޅު ކޭހެއް 400ރ. އަށް

ކުރިން 9ރ. އަށް ވިއްކި 100 ގްރާމް ފެން މަސްދަޅެއް 11ރ. އަށް

ކުރިން ހޯލް ސޭލްކޮށް 300ރ އަށް ވިއްކި ފެން މަސްދަޅު ކޭހެއް 380ރ. އަށް

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސްދަޅުގެ އަޑު ބޮޑު ކުރަން ޖެހުނީ ދަޅު އުފައްދަން ބޭނުންކުރާ ޕެކިންގް މެޓީރިއަލްތައް ބައިނަލްއަގްވާމީ ބާޒާރުގައި ބޮޑުުވުމުން ކަމުގައި މިފްކޯއިން ވެސް ވަނީ ބުނެފައެވެ.

މަސްދަޅަކުން 4 ރުފިޔާ ބޮޑުވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން މިފްކޯއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ކުންފުނިން މީގެ ކުރިމް ނެރުނު ބަޔާނެއްގައި ބުނީ ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު، ދަޅު އުފައްދަން ބޭނުންކުރާ ޓިންފްރީސްޓީލްގެ އަގުވެސް ބޮޑުވެފައިވާ ކަމުގައެވެ. އަދި ކުންފުނީގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު މިހާރު 50 އިންސައްތައަށްވުރެ އިތުރުވެ، ތަކެތީގެ އިމްޕޯޓު ފްރައިޓު ހަރަދު އުފުލިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ހެޔޮ ބަދަލާއި ގުޅިގެން އަގުތަކަށް ބަދަލު ގެންނާނެ ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button