ޚަބަރުސިޔާސީ

ވެރިކަމުގައި ތިބީ ދޮންމީހުން އުޅޭގޮތަށް އުޅެންބޭނުންވެ އެހެންވެސް އުޅެން ނޭނގުނު ބައެއް: ސެންބެ

މި ވެރިކަމުގައި ތިބީ ދޮންމީހުން އުޅޭގޮތަށް އުޅެން ބޭނުންވި ނަމަވެސް އެހެންވެސް އުޅެން ނޭނގުނު ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި ސެންބެ ވަނީ ދޮންމީހުންވެސް އިޖްތިމާޢީ މިންގަނޑުން ބޭރުވާފަދަ ބޮޑެތި ތުހުމަތުތައް ކުރެވުމުން އަމިއްލައަށް މަޤާމުން އިސްތިއުފާ ދެއްވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ފަސްއަހަރު ގައި މިދަނީ އެދުންވެރި ކަމެއްތޯ ސެންބެ ވަނީ ސުވާލު އުފައްދަވާފައެވެ.

މިދުވަސްވަރަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން އަނެއްކާވެސް ބޮޑުވެ އެތައް މުޑުދާރު ތުހުމަތުތަކެއް އެކިފަރާތްތަކުގެ ބޮލުގައި އަޅުވަމުން އަންނަ ދުވަސްވަރެކެވެ.

މިކަމާއި ގުޅިގެން މީގެ ކުރިންވެސް ސެންބެ ވިދާޅުވީ ހަރުކަށި ކަމާއި ނުބައި ފާޙިޝް އަމަލުތަކުން މިސަރުކާރަށް ދެން އަރައި ނުގަނެވޭނެކަމަށެވެ.

އެމްޑީޕީގެ ވެރިންނަށް ކުރެވޭ މުޑުދާރު ތުހުމަތުތައް ބެލުމަށް އެތައް ރައްޔިތުންނެއް ދަނީ ގޮވާލަމުންނެވެ. އަދި މި ކަންކަން ބައްލަވައި ދެއްވުމަށް އެދި އިދިކޮޅު ކޯލިޝަނުންވެސް ވަނީ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button