
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވައުދު ފުއްދަވާ އަމާނާތްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ގެނައުން ލާޒިމް ކަމުގައި ޕީޕީއެމްގެ ނައިބު އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމްގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ފަސް އަހަރުގެ ދައުރެއްގައި ވައުދު ފުއްދެވި ބޭފުޅެއް ކަމުގައެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކުރެވޭނީ ކަން ކުރައްވަން ދަންނަ ބޭފުޅަކަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މިރޭގެ ޖަލްސާ އަކީ އެޕާޓީ އާއި އަލަށް ގުޅޭ ޒުވާނުންނަށް ހާއްސަކޮށްފައިވާ ޖަލްސާއެކެވެ.