ޚަބަރުސިޔާސީ

ރައީސް ޔާމީން މިއަދު ކޯޓަށް ހާޒިރުކުރީ ތަކުލީފެއް ޖައްސަން: އިދިކޮޅު

މިއަދު ހައިކޯޓުގައި އޮތް ރ. ފުއްގިރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަށް އިދިކޮޅު ޕީޕީއެމްގެ ރައީސް ހާޒިރުކުރީ އެމަނިކުފާނަށް ތަކުލީފެއް ޖައްސަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތް ޝަރީއަތަކަށް ރައީސް ޔާމީން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔައީ އެމަނިކުފާނަށް ކޮންމެވެސް ގޮތަކުން ތަކުލީފެއް ޖެއްސުމަށްކަމަށާއި، އެއީ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއްކަމަށާއި، ސަރުކާރުގެ މަޤްސަދަކީ ކޮންމެވެސް ގޮތަކުން ރައީސް ޔާމިނަށް ޖެއްސުންކޮށް އަނިޔާވެރިވުންކަމަށެވެ.

މި ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ރައީސް ޔާމިނަށް ތަކުލީފެއް ޖައްސަން. ރައީސް ޔާމިނަށް އުނދަގޫވާގޮތަށް ކޮންމެ ކަމެއްވެސް ކުރަން. މީގެކުރިން އެބަހުރި ތި ވިދާޅުވިހެން ރައީސް ޔާމީންގެ ޝަރީއަތްތައް އޮންލައިންކޮށް ގެންގޮސްފަ. މީ ރަމަޟާން މަހެއް، މި މަހުގައި މާ ރަނގަޅުވިސްކަންނޭގެ އޮންލައިންކޮށް ގެންދިޔަނަމަ. އެހެން ނަމަވެސް ރައީސް ޔާމީނަށް ރަމަޟާންމަހެއް ވީމަ ބޮޑަށް އުނދަގޫވާނީ ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށްކަމަށް ބަލާފައި އެކަންތައް އެގޮތަށް ކުރީކަމަށް އަޅުގަނޑުމެންނަށް ބެލުމުގެ ފުރުސަތު އެބޮތް

ރ. ފުއްގިރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަކަށް ރައީސް ޔާމީން ވަނީ މިއަދު ހައިކޯޓަށް ހާޒިރުކޮށްފަ އެވެ. މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފްގެ އަޑުއެހުމުގައި ގާތްގަނޑަކަށް 1 ގަޑިއިރު ހޭދަކުރުމަށްފަހު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ވަޑައިގަންނަވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button