ކުދި ޕާޓީތައް ދުނިޔޭގައި އޮތުމަށް އިދިކޮޅު ޕާޓީގެ ދަފްތަރުން ވައްކަން ކުރުމަކީ ދެރަ ކަމެއް ކަމުގައި އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމް ޖަލްސާ މިރޭ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ބައެއް ޕާޓީތަކުން 3000 މެންބަރުން ހަމަކުރަން ޕީޕީއެމުން މެންބަރުން ވަގަށް ނަގާފައިވާކަމުގައެވެ.
4 ޕާޓީއެއް އުވާލަން އިލެލްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވާފައިވާ ދަނޑިވަޅެއްގައި ހީނާ ވިދާޅުވީ މިރޭގެ ޖަލްސާގައި ޕީޕީއެމަށް ޒުވާނުންތަކެއް ގުޅޭނެ ކަމުގައެވެ.