ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް މިއަހަރުގެ އޮގަސްޓު މަހުގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެޕާޓީން ބުނިގޮތުހައި މިއަހަރުގެ ކޮންގްރެސް އޮންނާނީ އޮގަސްޓް 19 އިން 21 އަށެވެ. އަދި މިގޮތަށް ނިންމީ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއިގައެވެ.
އެމްޑީޕީގެ ކޮންގްރެސް 2022
https://t.co/d1knDTE7XA#އެމްޑީޕީކޮންގްރެސް2022
— MDP Secretariat (@MDPSecretariat) June 2, 2022
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާގޮތުން މި ކޮންގްރެސްގައި ބައިވެރިވެވޭނީ 2022 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.