
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭގޮތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ފަހު 1:00 އަށް ކުރިން ތާވަލް ކުރެވިފައި އޮތް އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
މިދައުވާތަކުގެ އަޑުއެހުންތަށް ފެށުނު ހިސާބުން ރައީސް ޔާމީންގެ ފަރާތުން ވަނީ އަޑުއެހުންތައް ލައިވް ކުރުމަށް އެދިފައެވެ. އަދި މިއަދަށް ތާވަލްކުރެވުނު ޝަރީއަތް އޮތީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރާ ގޮތަށް ހަމަޖެހިފައެވެ.
މިއަދު ކެންސަލްކުރެވުނު ޝަރީއަތުގެ އަޑުއެހުން އަލުން ބާއްވާނެ ތާރީހެއް އަދި އަންގާފައެއް ނުވެއެވެ.