ރިޕޯޓް

ކެޔޮޅު ކިތަންމެ މޮޅަސް، ސަމުގާ ކިތަންމެ ދަތަސް، އޮޑި އޮތީ އުރިފައި…

ކެޔޮޅު ކިތަންމެހާވެސް މޮޅެވެ. ސަމުގާވެސް ދަނެއެވެ. އެކަމަކު އޮޑި އުރުނުތާ އަހަރެއް ވަނީއެވެ.

ފަހަކަށް އައިސް މީސް މީޑިއާގެ އެކި ޕްލެޓްފޯމަތަކުގައި އެންމެ ގަދައަށް ކުރެވެމުންދާ ސުވާލަކީ، ފާއިތުވެދިޔަ އަހަރެއް ހާ ދުވަހު ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ކޮބައިތޯއެވެ. ކޮންމެއަކަސް އިއްޔެގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މިނިސްޓަރ ހުންނެވިތަން ވަރަށް ރަނގަޅަށް ސާފުކޮށްދެއްވައިފިއެވެ. އުޑަކުވެސް ނުޖެހެއެވެ. ބިމަކުވެސް ނުޖެހެއެވެ. މިތާނގައި ވާއެއްޗަކީވެސް، އަދި ނުވާ އެއްޗަކީވެސް މިނިސްޓަރ އަސްލަމް ފާއިތުވެދިޔަ އެއް އަހަރުތެރޭ ލައްކައިން ނިންމި މަޝްރޫއުތަކެވެ.

އިއްޔެގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވަނީ މެންބަރުންގެ ސުވާލުތަކަށް އެންމެ ރިވެތި ތެދުބަހުން ޖަވާބުދެއްވާފައެވެ. ބައެއް މެންބަރުން އެމެންބަރުންގެ ދާއިރާތަކުގެ މަސައްކަތް ނިމޭނެ ދުވަހެއް އެއްސެވުމުން މިނިސްޓަރ ވަރުގަދަޔަށް އަޒުމާއެކު އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ވިދާޅުވުމަށް ފަހުވެސް، ކަންކަން ނުވާ ވާހަކަ ތަކުރާރުކޮށް މެންބަރުން ފާހަގަކުރެއްވުމުން އެކަންކަން ނުވެ ހުރީ ފަޅުވެރިންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ސުވާލުތަކުން މުޅިންހެން ރެކި ވަޑައިގަތްއިރު، އަނެއް ބައި ސުވާލުތަކަށް ދެއްވާނެ ޖަވާބެއް މިވަގުތު ނެތް ކަމަށް ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ.

މިނިސްޓަރގެ މި ކުޅަދާނަ ތަމްސީލު ފުރިހަމަވެގެންދިޔައީ ނަގައިދެއްވި އިބުރަތްތެރި ފިލާވަޅަކުންނެވެ. މިނިސްޓަރަކު ދައްކައިގެންވެސް ނުވާފަދަ ވާހަކައެއްކަމަށް ވިދާޅުވުމަށްފަހުވެސް ދެއްކެވީއެވެ. ރަށްތަށް ސަރވޭ ކުރުމަށް ތަހުޒީބު ގައުމުތަކުގައި ބޭނުންކުރާ ގޮތަށް ޑްރޯން އާއި ސެޓެލައިޓް ބޭނުންކުރާނެ ގޮތެވެ. އާދޭހެވެ. މިނިސްޓަރ ކިތަންމެހާވެސަ މޮޅެވެ. އެކަމަކު ރައްޔިތުންގެ މަޖްލީހުގެ އެއްވެސް މެންބަރަކަށް ޑްރޯން ސަރވޭ އެއީ ކުރެވޭކަމެއްކަން ނޭންގި އޮވެދާނެ ހެނެއް ހިއެއް ނުވެއެވެ. އެ އުކުޅު މިހާރުވެސް ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކުން ބޭނުންކުރެއެވެ. މީގެ ފަސް އަހަރުކުރިންވެސް ބޭނުންކުރިއެވެ. ކޮންމެ އަކަސް އެކަން މިނިސްޓަރ “ދަތަސް”، އަދި އެހެން ހަޔާތެއްގައި ކުރިޔަސް، އެކަން ކުރުމަށްވެސް ފަޅުވެރިން ހަމަ ނުކުޅެދެނީއެވެ.

މިނިސްޓަރގެ ވާހަކަ ފުޅުގައި ތަކުރާރުކޮށް މިނިސްޓްރީގެ މުވައްޒަފުންގެ ސަބަބުން ކަންކަން ނުވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓްރީގެ ކަންކަމުގައި ޖަވާބުދާރީ ވާންޖެހޭ ބަޔަކީ މުވައްޒަފުންނޭވެސް ބައެއް ފަހަރު ހީވާކަހަލައެވެ. މިނިސްޓަރަށް އެފަދައިން ގަބޫލުކުރެވިފައި އޮތީ ކަމަށް ވެދާނެއެވެ.

ފާއިތުވެ ދިޔަ އަހަރު ހައުސިންގް މިނިސްޓްރީގެ އެކި އެކި ހަރަދުތަކަށް ދައުލަތުން 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބޮޑު އެންމެ މަޝްރޫއެއްވެސް ނިންމާލެވޭނެ ކަމަކަށް ވިދާޅެއް ނުވެވުނެވެ. މިވަގުތު އަޅަމުންދާ 6 އެއަރޕޯޓާ ބެހޭގޮތުން ސުވާލުކުރެވުމުންވެސް ވިދާޅުވާންޖެހުނީ ނުނިމޭނެކަމަށެވެ. އާދޭހެވެ. ބާކީ އޮތީ އެންމެ އަހަރެކެވެ. ވަގުތެއް ހަމަ ނެތެވެ.

ކޮންމެއަކަސް ރިވެތި ތެދުބަހުން ފުރިހަމަ ޖަވާބުތަކެއް ދެއްވުމަށްފަހު އަނެއްކާވެސް މިނިސްޓަރ އަސްލަމް ވަޑައިގަތީއެވެ. މަޖްލީހުގެ މި ޖަލްސާގައި މިނިސްޓަރ އަސްލަމްގެ މި ތަމްސީލު ކަމުދިޔައީ އެންމެ ބޭފުޅަކަށެވެ. އެއީ ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދަށެވެ. ދެ ބޭފުޅުންނަކީވެސް ކަންކަން އެހާމެ މޮޅަށް ދަންނަ ދެބޭފުޅުންނެވެ. އެހެނަސް ދެބޭފުޅުންގެ އޮޑިވެސް ފަރާ އަރާ ހަމަވިކަން އެނގުނު އިރު އޮތީ ބޮޑުތަނުން އުރިފައެވެ. އާދޭހެވެ. ވަގުތެއް ހަމަ ނެތެވެ.

One Comment

  1. Othee foo fettifa odi othee ftohen fashaafa . Qaum dharuvaalaafa mi hurihaa emmen vanee emeehun ge jeeb thah furaa faisaa nagaaf.. Amilla nauga aa dhila kolhu foari Haa meeheh ge namuga .greater Male sarhadhaa L Atoll vanee 2 noo ee 3 goathi nagaaf

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button