މިހާރު ނޫހުގެ އޮފީހަށް ގޮތް ނޭނގޭ ބަޔަކު ވަތް މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުމާރު ޕްރޮމޯޓް ކުރާ ނޫހެއް ކަމަށްވާ, މިހާރު ނޫހުގެ ނޫސްވެރިންނަށް ބުލީ ކުރަމުންދާ ކަމަށް ބުނެ އެ ނޫހުން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި އެ ނޫސް ހިންގާ އޮފީހަށް ބަޔަކު ވަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފިއެވެ.
މިހާރު ނޫހާ ހަވާލާދީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެ ނޫހުގެ ނޫސްވެރިންނަށް ކުރިމަތިވި ފުރައްސާރަ ވިހަވެ ގޮތް ނޭނގޭ ބަޔަކު ނޫސް ހިންގާ އޮފީހަށް ވަދެ މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމުގައެވެ.
According to MIHAARU, the harassment has also led to an incident where an unidentified individual accessed their offices and threatened their staff.
This matter was brought to MJA's attention today by MIHAARU.
— Maldives Journalists Association (@mjamaldives) June 1, 2022
އެމްޖޭއެމުން ބުނިގޮތުގައި ޓާގެޓްކޮށްގެން ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ދޮގު އިލްޒާމް އެޅުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ޑިމޮކްރަޓިކް ވެއްޓެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންކަން ހިނގައިގެން ނުވާނެ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
މިކަމާ ގުޅިގެން ”ބޮންތި“ އިން ފުލުހުންނާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއެވެ.
މިހާރު ނޫހުގެ ނޫސްވެރިންނަށް ބިރު ދެއްކި މައްސަލައިގައި ދިޔަރެސް ނޫހުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އެ ނޫހަށް އަމާޒުވީ 2018 ވަނަ އަހަރު އެކަނި 50 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި އުކުޅަހުން ދެއްކިކަމަށް ނޫސްވެރިޔާ ފަޒީނާ އަހުމަދު ލިޔުމާ ގުޅިގެންނެވެ.
ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްއަކުން ޓީޖީއެސްޓީގެ ގޮތުގައި 80 މިލިއަން ރުފިޔާ ލިބުނުއިރު، 200 އެނދު ހަމަނުވާ ރަށަކުން 50 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިދާނެ ކަމަށް މީސް މީޑިއާގައި ސުވާލު އުފައްދާފައިވެއެވެ.