ޚަބަރު

ގުރައިދޫއިން މަންކީ ޕޮކްސް އެއް ނުފެނޭ، ފަތުރަމުންދަނީ ދޮގު ހަބަރެއް

ގުރައިދޫއިން މަންކީ ޕޮކްސް ނުފެންނަ ކަމަށާއި، ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ގުރައިދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

މިކަމާ ހަވާލާދީ ގުރައިދޫ ސިއްޙީ މަރުކަޒުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މަރުކަޒަށް މިއަދު ޑޮކްޓަރަށްދެއްކި މީހެއްގެ ގައިން މަންކީ ޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެކަން ހިއްސާކުރި ކަމަށެވެ. އަދި އެއިދާރާއިން އެކޭސް ބެލުމަށްފަހު އެއީ މަންކީޕޮކްސް ނޫން ކަން އެމަރުކަޒަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގުރައިދޫގެ ކައުންސިލުގެ ރައީސް ޔާމީން ވިދާޅުވީ މީޑިއާތަކުގައި ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި ގުރައިދޫގެ ގިނަ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ބަޔަކަށް ވީހިނދު، މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެފްރިކާގެ ބައެއް ހިސާބުތަކުން އެންމެ ފުރަތަމަ ފެނުނު މިބަލި މިހާރު ދަނީ ހަލުވިކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button