ޚަބަރުސިޔާސީ

އީސީއަށް ސައްހަ ނޫން ފޯމްތައް ހުށަހަޅާ ފަރާތްތައް ޖޫރިމަނާ ކުރަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމް ހުށަހަޅާ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

‏އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2022 އޭޕްރިލް 1 ން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، ޕާޓީ 10 ހާސް ރުފިޔާ، ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ފަށާގޮތަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމުގައެވެ.

ހަބީބު ވިދާޅުވިގޮތުގައި ‏ޞައްޙަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމަށްޓަކައި، 1 ޖޫން ގައި ގެނައި ބަދަލުން އެކަށީގެންވާ ޙައްލު ނުލިބޭނަމަ، ފޯމުގައި ސޮއިކުރާ ކޮންމެ ހެކިވެރިޔަކުވެސް 5 ހާސް ރުފިޔާ އިން 2022 އޮކްޓޯބަރ 1 ން ފެށިގެން ޖުރުމާނާ ކުރާގޮތަށް ނިންމި ކަމުގައެވެ.

މިފަހަކަށް އައިސް ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެހެން ޕާޓީތަކުގެ ދަފްތަރުގައި ޖައްސާފައިވާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ޕީޕީއެމްގެ މެންބަރުން އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއެންޕީ އަށް ވައްދާފައިވެއެވެ. އަދި އެމްޑީޕީގެ މެންބަރުން އެމްއެންޕީގެ ދަފްތަރުގައި ޖައްސާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button