ޚަބަރުސިޔާސީ

އެންމެ ރީތީ ތެދު، ތެދު އެންމެ ރީތީ: މިނިސްޓަރ އަސްލަމް

ރައްޔިތުންގެ މަޖްލީހުގެ ބައެއް މެންބަރުން އިތުރުފުޅު ހައްދަވާކަމަށް ދޭހަވާފަދަ މޭރުމަކުން ޕްލޭނިންފ މިނިސްޓަރ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖްލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ (2 ވަނަ ދައުރުގެ 19 ވަނަ ޖަލްސާ) ޖަލްސާގައި ކުރިމަތިކުރެވުނު ބައެއް ސުވާލުތަކާއި ގުޅިގެން މިނިސްޓަރ އަސްލަމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެންމެ ރީތީ ދެތު ކަމަށެވެ.

އެގޮތުން ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުالله ރިޔާޒު ތިމަރަފުށީގެ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫއު ފާއިތުވެދިޔަ 03 އަހަރު ދުވަހު ބަޖެޓުގައި ޖެހުމަށްފަހު، މިދިޔަ އަހަރުވެސް ބަޔަކާ ހަވާލުކުރައްވާނެކަމަށް މަޖްލީހުގައި ވިދާޅުވުމަށް ފަހުވެސް، ކުރިއަށް ނުދަނީ ކީއްވެތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ އެންމެ ރީތީ ތެދު ކަމަށާއި އެފަދައިން ބުނެފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙުމަދު ސަލީމް، ހައުސިންގް މިނިސްޓްރީގެ ދާއިރާއިން ރައީސް ސާލިޚް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އެރުވިދާނެތޯ ސުވާލުކުރެއްވުމުންވެސް މިނިސްޓަރ އަސްލަމް ވިދާޅުވީ އެންމެ ރީތީ ދެތު ކަމަށާއި، ރިޔާސަި ވައުދުތަކަކީ ކުރުމަށް ނިޔަތް ކަނޑައަޅާ ކަންކަން ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން “ޓަސް ލާފަ” ކޮށްލެވޭ ކަމަށާއި، އަދި އަނެއްބައި ކަންކަން ލަސްލަހުން އަދި އެއްގޮތަކަށް ނުކުރެވި ހުރެދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ކުރެވުނު ބައެއް ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި ބައެއް ސުވާލުތަކަށް ޖެއްސުމުގެ މޭރުމުންވެސް ޖަވާބުދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button