ޚަބަރުސިޔާސީ

ވީޓީވީ ނޫސްވެރިޔާގެ ހާލު ސީރިއަސް، ޕެޕަރ ސްޕްރޭ ޖެހީ ހަސަނު

އިދިކޮޅު ޕީޕީއެމުން ސިލްސިލާކޮށް ކޮންމެ ރެއަކުކުރިއަށް ގެންދާ “އިންޑިއާ އައުޓް” މުޒާހަރާގެތެރެއިން މިރޭ ވަނީ ވީޓީވީގެ ނޫސްވެރިއެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ޕެޕަރ ސްޕްރޭ ޖެހުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިވަގުތު އޭނާއަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެނޫސްވެރިޔާ އަކީ ނޭވާ ހިއްލާ ބަލި ހުންނަ މީހެކެވެ.

ވީޓީވީގެ ނޫސްވެރިޔާގެ މޫނަށް ޕެޕާރ ސްޕްރޭ ޖަހާފައިވަނީ ހަސަން (ސނ:4219) ނަމަކަށް ކިޔާ ފުލުހެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސްޕްރޭ ޖެހުމަށް ފަހު ފުލުހުންގެ އޯޕަރޭޝަނަލް ސޭފްޓީ އެންޑް ޓްރެއިނިންގް ޓެކްޓިކްސްގައިވާ ފަދައިން އާފްޓަރ ކެއަރ ދީފައެއް ނުވެއެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ގިނަ ބައިވެރިންގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ. އޭގެ ތެރޭގައި މާބަނޑު ކަނބަލެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button