އިދިކޮޅު ޕީޕީއެމުން ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށްގެންދާ “އިންޑިއާ އައުޓް” މުޒާހަރާގައި މިރޭ ބައިވެރިވި ޒުވާނުންތަކަކަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭންނުންކޮށް އަނިޔާކޮށްފިއެވެ.
އެގޮތުން މިރޭގެ މުޒާހަރާގެ ތެރެއިން ވަނީ 7 ޒުވާނެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި، 4 ޒުވާނަކު ހައްޔަރުކޮށްފައެވެ. ހަމަ އެހެންމެ އިތުރު ޒުވާނަކަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.
#IndiaOut pic.twitter.com/peMPJw0KRx
— 𝖘𝖍𝖆𝖗𝖍⚡️ (@hraahS) May 31, 2022
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ޒުވާނާ ތަކުރާރުކޮށް “ދާނަމޭ އަތް ނާބުރާށޭ” ބުނުމުންވެސް ފުލުހުން އޭނާ ގެންދަނީ އަތް އަނބުރާލައިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް އިދިކޮޅު ޕީޕީއެމްގެ މުޒާހަރާ ތަކުގައި ބައިވެރިވާ ޒުވާނުން ދަނީ އިތުރު ވަމުންނެވެ.