ޚަބަރު

ވީޓީވީގެ ކެމެރާމަނެއްގެ މޫނަށް ފުލުހުން ޕެޕާ ސްޕްރޭ ފުޅި ހުސްވަންދެން ޖަހައިފި

ވީޓީވީގެ ކެމެރާމަނެއްގެ މޫނަށް ފުލުހުން ޕެޕާ ސްޕްރޭ ފުޅި ހުސްވަންދެން ޖަހައިފިއެވެ.

ޕެޕާ ސްޕްރޭ ޖަހާފައިވަނީ އިންޑިއާ ސިފައިންނާއި ޖާސޫސުން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓު“ އިހުތިހާޖުގެ ބައިވެރިން މިރޭ ވީޓީވީ ހުންނަ ސަރަހައްދުން ދަނިކޮށް އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ މުހައްމަދު މިޝާލް އިގުބާލްގެ މޫނަށެވެ.

”ބޮންތި“ އަށް މައުލުމާތު ދެމުން އެ ސްޓޭޝަންގެ ނޫސްވެރިޔަކު ބުނީ ފުލުހުން މިޝާލްގެ މޫނަށް ފުޅި ކައިރިކުރުމަށްފަހު އިރުކޮޅެއް ވަންދެން ސްޕްރޭކުރަން ހުރިކަމުގައެވެ.

”ފުޅި ހުސްވަންދެން ދޯ އެ ޖެހީ. މިއީ ދެން ފުކެއް ބޮޑުވަރު.“ ނޫސްވެރިޔާ ބުންޏެވެ.

މިޝާލް އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައެވެ.

މިފަހަކަށް އައިސް އެއްވުންތައް ވީޑިއޯކޮށް ކަވަރު ކުރަމުންދާ މީޑިއާތަކަށް އަމާޒުކޮށް ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ސޯލިހު ނަމަކަށް ކިޔާ އެސް އޯ ފުލުހަކު ވަނީ ނޫސްވެރިން ހޭއަރުވާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފުލުހަށް އެދިފައިވަނިކޮށް ސޯލިހު ވަނީ މުޒާހަރާގެ އިސް ސަފުން ފެނިފައެވެ.

2 Comments

  1. މިޝާލް އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފަ؟ ކޮބާ ކުރިން ދިން ފަރުވާ؟؟؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button