ޚަބަރު

ވެލާނާ އެއާޕޯޓުގައި ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 41 އަހަރުގެ ބިދޭސީ ދެ ފިރިހެނުންނެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވަނީ މިއަދުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ މީހަކު އެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީ ދެ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ ދެ މީހުން ކަމާއި އަދި ފުލުހަށް ހާޒިރު ކުރީ ކޮން މައްސަލައާކާ ބެހޭގޮތުން ސުވާލު ކުރުމަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނާގޮތުގައި ހިފަހައްޓާފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުންނެވެ. އެދެމީހުންނަށް ޝައްކު ކުރެވިގެން ފުލުހުން ހިފަހައްޓާ ސުވާލުކުރަމުން ދަނީ ސްޕައި ކެމެރާ ގައިގައި ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުމުގެ ތުހުމަތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button