ޚަބަރުސިޔާސީ

އެމްއާރްއެމްގެ އިސްވެރިންތަކެއް ވަޒީފާގެ ބިރަށް އެ ޕާޓީން އިސްތިއުފާ ދެއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމުގެ ސިޔާސީ ޕާޓީ ކަމުގައި އެމްއާރްއެމްގެ އިސްވެރިންތަކެއް، އެ ބޭފުޅުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި އެ ޕާޓީން އިސްތިއުފާދެއްވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ސާލިހަށް ތާއީދުކޮށް އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށްޓަކައި، އެ މަސައްކަތްކުރެއްވުމަށް އެމްއާރްއެމްގެ އިސްވެރިންތަކެއް އެ ޕާޓީން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެމްއާރްއެމްއިން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަމްދުއްސަމަދު، މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްހަމީދު އަހްމަދު، ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިރު، ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއިލް ނާއިލް ނަޝިދު އަދި އެކްސްކޯ މެންބަރު ހަސަން ހައްޔާން އަހްމަދެވެ.

މި ދަނޑިވަޅުގައި ސަރުކާރަށް ތާއީދުނުކުރާ އެތައް ބަޔަކު މަގާމުތަކުން ވަކިކުރަމުންދާއިރު، މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ހިމެނެއެވެ. މައުލޫމާތު ލިބޭގޮތުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް އޮތީ ރައީސް އިބްރާހިމް އަށް ތާއީދު ކުރެއްވުން ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button