ޚަބަރު

ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ: ޑރ.މުހައްމަދު އަލީ

ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވެ ފަޅައިގެންދާ ކަމެއް ކަމަށާއި އެކަމުން ދުރުވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ މިއަދު އިލްތިމާސްކުރައްވައިފިއެވެ.

”މިއީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން ގޮސް އެޅިފައި ހުރި ލޭ. ވޭޕުން ފުއްޕާމޭ ފަޅައިގެންދޭ. އެއީ ކޫލްއެއްޗެއްނޫން.“ ޑރ.މުހައްމަދު އަލީ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސިނގިރޭޓް، ޝީޝާ، ގުޑުގުޑާ، ވޭޕް ފަދަ ތަކެތި ބޭނުން ކުރުމުން ކޮވިޑު19 ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށާއި އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އެކި ރަހަތަކުގެ ދުންފަތަކީ ސިއްހަތަށް ވަރަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަކޮށް، އެފަދަ އެއްޗިއްސާ ދުރުވާން ޑރ. މުހައްމަދު އަލީ ވަނީ ގޮވާލައިފައެވެ.

ވޭޕަކީ ސިނގިރޭޓު ބޯ މީހުން އެކަމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން 2003 ވަނަ އަހަރު ޗައިނާގެ ފާމަސިސްޓެއް ކަމަށްވާ ހޮން ލިންކު އުފައްދާފައިވާ އެއްޗެކެވެ. ވޭޕް ބޭނުން ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާ ދުރުކޮށްދޭ ކަމެއް ނޫން ކަން ދިރާސާތަކުން ދައްކަ އެވެ. ވޭޕްގައި ވެސް ކޮންމެވެސް ވަރަކަށް ދުންފަތުގެ އަސަރު ހުރެއެވެ.

‫ރައްކާތެރިވޭ! ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ އަވަހަށް ހުއްޓާލާ!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button