ޚަބަރުވިޔަފާރި

ހިއްސާއަކަށް 65ރ. ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 65ރ. ބަހަން ފާސްކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް އެސްޓީއޯއިން ބަހާފައިވަނީ 60 ރުފިޔާއެވެ.

އެސްޓީއޯގެ ވިޔަފާރިތައް މިދިޔަ އަހަރު ރަނގަޅުވުމާއިއެކު ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް 11.5 ބިލިއަން ރުފިޔާގެ ފައިދާއެއް ވަނީވެފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކްރޮސް ރޯޑުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ބައްދަލުވުމުގެ ތެރެއިން
ކްރޮސް ރޯޑުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ބައްދަލުވުމުގެ ތެރެއިން

ކްރޮސްރޯޑުގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ހިއްސާއަކަށް 65ރ. ބަހަން ނިންމާފައެވެ.

އެ އާމްދަނީ ލިބުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ ބަލައި 26 ޕަސެންޓް އިތުރުވުމެވެ. އަދި އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވުމެވެ.

އެސްޓީއޯ ގްރޫޕްގެ ތެރޭގައި ފިއުލް ސަޕްލައިސް، މޯލްޑިވްސް ގޭސް، މޯލްޑިވްސް ސްޓޭޓް ޝިޕިން، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް އަދި އެސްޓީއޯ ސިންގަޕޯ ވެސް ހިމެނެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް 2021 ވަނަ އަހަރު ވެގެންގޮސްފައިވަނީ އެކުންފުނީގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އަހަރަށެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button