ޚަބަރުސިޔާސީ

ކެނެރީގޭ ފާރުގައިވެސް ”އިންޑިއާ އައުޓް“ ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ ގެކޮޅު ގ.ކެނެރީގޭ ފާރުގައި ”އިންޑިއާ އައުޓު“ ގްރެފިޓީއެއް ޖަހައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކެނެރީގޭގައި ގްރެފިޓީ ޖަހާފައިވަނީ މިރޭ 02:30 ހާއިރުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ސަރުކާރުގެ އެކި އެކި އިސް މަގާމުތައް ފުރުއްވަމުންދާ ބޭބޭފުޅުންގެ ގެކޮޅުތަކުގައި ދަނީ އިންޑިއާ އައުޓް ގްރެފިޓީ ޖަހަމުންނެވެ. އެގޮތުން ހާރިޖީ ވަޒީރު އަދި އ.ދ ގެ އާންމު މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅުގައްޔާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ގެކޮޅުގައިވެސް މީގެ ކުރިން ވަނީ ”އިންޑިއާ އައުޓް“ ގްރެފިޓީ ޖަހާފައެވެ.

ސަރުކާރުން މިކަމާ ގުޅިގެން ބުނެފައިވާ ގޮތުގައި، މިއީ އިދިކޮޅު ޕާޓީ ޕީޕީއެމްއިން ރާވައިގެން ކުރަމުންދާ ކަމެކެވެ. އެހެން ނަމަވެސް މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރެވުނު މީހާވެސް ނިސްބަތްވަނީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button