
މެދުކެނޑުމަކަށްފަހު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު @MMuizzu މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު @AhmedXamyr އާއި އެކު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރެއްވުން. pic.twitter.com/ORS2olfLnd
— Male' City Council (@MaleCitymv) May 30, 2022
ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ”ބޮންތި“ އަށް ވިދާޅުވީ ރަމަޟާން މަހަށް މެދު ކަނޑާލުމަށްފަހު މާލޭގެ 18 ދާއިރާގެ ގެތަކަށް އަނެއްކާވެސް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް މޭޔަރު ގާތުން އަޑު އައްސަވަމުން ގެންދާނެ ކަމުގައެވެ.
”މިއަދު ކުރިޔަށް މި ދިޔައީ މޭޔަރު އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރ އަހްމަދު ޟަމީރު ރައްޔިތުން ގާތަށް ޒިޔާރަތްކުރެއްވުން.“ ޝިއުނާ ވިދާޅުވިއެވެ.
ދޮރުން ދޮރަށް ހިނގައިގެން ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަކީ މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ކުރިޔަށް ހުރި ބައްދަލުވުންތައް ވެސް ހިނގާނެކަމުގައި ޝިއުނާ ވިދާޅުވިއެވެ.