ޚަބަރުސިޔާސީ

ސަރުކާރު ހިންގަނީ ސަދޫމް ހިންގި ގޮތަށް: މުހައްމަދު އިސްމާއިލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ހިންގަނީ އެއް ޖިންސުން ގުޅުން ހިންގުމާއި، ފާހިޝް އަމަލު ކުރުމާއި، ބޭއިންސާފުގެ މަގުގައި ހައްދު ފަހަނައަޅާ ދިޔަ ސަދޫމް ހިންގި ގޮތަށް ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫންނާ ދެކޮޅަށް ”އިންޑިއާ އައުޓު“ ޝުއޫރު ފާޅުކުރުމަށް 6 އެއްކަ އަންހެނުން ނިކުތަސް 50 ވަރަކަށް ފުލުހުން ނިކުމެ އަނިޔާ ކުރަމުންދާ ކަމުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަދި ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެންގެ ކުރީގެ މެންބަރު މުހައްމަދު ހަމީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުހައްމަދު ވިދާޅުވީ ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރުކޮށްގެން އެ ހަރަކާތް ނުހުއްޓުވޭނެ ކަމުގައެވެ. އަދި ސަދޫމް ހިންގި ގޮތަށް ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރު ހިންގައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު ކަން އިސްކޮށްގެން ސުލްހަވެރި ކަމާއެކު ފާޅުކުރާ ޝުއޫރުގެ އަޑު ނުހުއްޓުވޭނެ ކަމުގައި މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ފާހަގަކުރެއްވިގޮތުގައި މި ސަރުކާރަކީ ލާދީނީ ކަންކަމަށާއި އެއް ޖިންސުން ގުޅުން ހިންގުމަށް ވަރަށް ބޮޑަށް ހިތްވަރު ދޭ، އަދި އެކަން ކަމަށް ފިޔަވަޅު ނާޅާ ސަރުކާރެކެވެ. ހެއްކެއްގެ ގޮތުގައި މުހައްމަދު ފާހަގަކުރެއްވީ އެމްޑީއެނުން ނެރުނު ލާދީނީ ރިޕޯޓް ނެރުނު މީހުން ހިފާ ހައްޔަރު ނުކުރެވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button