ޚަބަރު

ރޯދަ މަހުގެ ކުރިން ދޮންއަދަރާދަ ހިނގުން ސްޓެލްކޯއިން ހުޅުވާލަނީ!

ސްޓެލްކޯގެ ބޭނުމަށް 2014 ވަނަ އަހަރު ބަންދުކުރި ދޮންއަދަރާދަ ހިނގުން ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މަގު ހުޅުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލާފައިވާކަމަށާއި މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތި ހަރުކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުންނާއި، ކުންފުނީގެ އިސްވެރިން ވަނީ މި މަގު އަލުން ހުޅުވާލުމަށް ކުރިއަށްދާ ތައްޔާރީތައް އަންގާރަ ދުވަހު ނޫސްވެރިންނަށް ދައްކާލައިފައެވެ.

މި މަގު ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި ޖެހިގެން އޮންނަ މަގެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button