ޚަބަރުސިޔާސީ

ބެނާ ނެގި އަމުރު ހައިކޯޓުން ބާތިލްކުރި ކުރުމަށް ނަޝީދު ގޮން ޖައްސަވައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކޮށްފައި ހުރި ”އިންޑިއާ އައުޓް“ ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓުގެ ހުކުމަށް ގޮންޖައްސަވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ކެމްޕޭންގެ ސަބަބުން ރާއްޖެއާއި އިންޑިއާ އޮންނަ ގުޅުމަށް އަސަރު ކުރާކަމުގައެވެ. ރައްޔިތުންގެ މަސްލަހަތަށް ބުރޫ އަރާ ގޮތަށް މާލޭގައި އާންމުކޮށް ފެންނާން ހުންނާނެ ހެން އިންޑިއާ އާއި ދެކޮޅަށް ލިޔުންތަށް ލިއުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

ހައިކޯޓުގެ ގަޒިއްޔާގެ އެ ނިންމުމަށް ބެލުމުން ކުރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން ފާހަގަވާ ކަމަށާއި، ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި ”އިންޑިއާ އައުޓް“ ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ ހަވީރު އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްޗަށް ބަލާފައެވެ.

އިދިކޮޅުން މިއަދު ބުނީ ފުލުހުން ގެއިދާރާގެ އިސްވެރިންގެ އަމަލުތައް ހުންނަގޮތުން ސިޔާސީ ތަނެއްގެ ގޮތުގައި އެ މުއައްސަސާ ބައެއްފަހަރު ސިފަ ވާކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމަށާއި، ރައީސް ނަޝީދު ކޯޓްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރިއެވެ.

ރައީސް ނަޝީދު އަކީ އަބަދުވެސް ކޯޓުތަކުގެ ހުކުމްތަކަށް ހަޖޫޖައްސަވާ ބޭފުޅެއް ކަމުގައި އިދިކޮޅުން ފާހަގަކުރެއެވެ. 

ނަޝީދު މިފަދަ ވާހަކަފުޅެއް ކޯޓު އަމުރަކާ ބެހޭގޮތުން ދެއްކެވިއިރު، ރައީސް ޔާމީނަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރި ފަނޑިޔާރު އަލީ ރަޝީދަށް އެމަނިކުފާނު އިންޒާރު ދެއްވި ކަމަށް ބުނެ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި ބަލައިދިނުމަށް އެދުނީ އަލީ ރަޝީދުގެ ސެކިއުރިޓީ އަށް ސަމާލުވުމަށާއި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ އެކަން ތަހުގީގު ކޮށްދިނުމަށެވެ. އެކަމަކު މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެކޭ ނުބުނެއެވެ.

ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައަކީ ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ނިސްބަތް ކޮށެވެ. އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު “ޖަމްޕު ޖެހީ” ގާބިލުކަމާއި ތަޖުރިބާގެ މައްޗަށް ބަލައިގެން ނޫން ކަމުގައެވެ. އަދި އެއީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމުގައި ޔާމީން ވިދާޅުވިއެވެ.

“ގާބިލްކަމެއް ނެތި ޖަމްޕް ޖަހާފައި ތިބި ފަނޑިޔާރުން ތިބުމުން މުއައްސަސާތައް ތާހިރު ކުރަން ޖަލުތައް ބޮޑުކުރަން ޖެހޭ.” ރައީސް ޔާމީން އެ ޖަލްސާގައި ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މިފަދަ މައްސަލައެއް ޖޭއެސްސީއިން ހުށަހެޅިއިރު ނަޝީދު މިއަދު ދެއްކެވި ވާހަކަތަކަށް ޖޭއެސްސީ އިން މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button