ޚަބަރުދުނިޔެ

ބާވީސް މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

ބާވީސް މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ނޭޕާލުގެ މަތިންދާބޯޓު ފުރާފައިވަނީ ޕޮކާރާއިން ނޭޕާލުގަޑިން 0955 ގައެވެ. ދަތުރުކުރަމުން ދިއައީ ޖޮމުސޮމަށް ދިއުމަށެވެ. މަތިންދާބޯޓު ޖެއްސުމަށް ހަމަޖެހިފައިވަނީ ނޭޕާލުގަޑިން 1015 ގައެވެ.

ގެއްލިފައިވަނީ ތާ-ރާ 9N-AET ގެ ބޯޓެކެވެ. ބޯޓް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދަށް މިހާރު ވަނީ ރެސްކިއު ޓީމުތައް ފޮނުވާފައެވެ. ބޯޓް ގެއްލުނު ކަމަށް ބުނާ ސަރަޙައްދުގެ މޫސުން ގޯސްކަމަށާއި ވައި ނުސާފުކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ފުރިތާ 15 މިނެޓު ނުވަނީސް އެ ބޯޓާއި ގުޅުން ކެނޑިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ގެއްލުނު ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ޖަރުމަނުވިލާތު ނިސްބަތްވާ ދެ މީހުން އިތުރުން އިންޑިޔާއަށް ނިސްބަތްވާ ހަތަރު މީހުން އަދި ނޭޕާލުއަށް ނިސްބަތްވާ ބާރަ މީހުން ހިމެނެއެވެ.

ނޭޕާލަކީ މީގެ ކުރިން ވައިގެ ގިނަ ހާދިސާތަކެއް ހިނގާ ގައުމެއް ނަމަވެސް ފަހަކަށް އައިސް އެގައުމުގެ އެއާ ޓްރެފިކް ސޭފްޓީ ވަނީ ރަނގަޅުކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button