ޖިންސީ ފުރައްސާރައެއްގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ސަސްޕެންޑު ކޮށްފިއެވެ.
ރިޔާޒު ސަސްޕެންޑު ކުރީ ސީދާ ކޮން ސަބަބަކާ ހެދި ކަން ރައީސް އޮފީހުން ހާމަ ނުކުރި ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތައް މީގެ ކުރިން އަމާޒުވެފައި ވާއިރު, އެ އޮފީހުގެ ކުރީހެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލްގެ މައްޗަށް ނޫސްވެރިޔަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ މައްސަލައެއްވެސް ފެންމަތިވިއެވެ.