ޚަބަރުސިޔާސީ

އިންޑިއާ ސަފީރު ދިރިއުޅުއްވާ އިމާރާތް ކުރިމަތީ ”އިންޑިއާ އައުޓް“ މުޒާހަރާއެއް ކޮށްފި

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އަމީންއެވެނިއު އިމާރާތް ކުރިމަތީ ”އިންޑިއާ އައުޓް“ މުޒާހަރާއެއް ރޭ ކޮށްފިއެވެ.

އިދިކޮޅުން އިސްނަގައިގެން ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް ސޯލިހު ނެރުއްވި ރިޔާސީ ގަރާރާއެކު، ވެސް އެ ހަރަކާތް ހުއްޓުމަކަށް އައިސްފައެނުވެއެވެ.

ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އަމީންއެވެނިއު އިމާރާތް ކުރިމަތީ އެއްވުމުގެ ބައިވެރިން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ވަގުތުން ވަގުތަށް ސިއްރު އެއްބަސްވުންތައް އުވާލުމަށް ގޮވާލާފައެވެ.

ގެންދަނީ ރޭގެ އެއްވުމުގައި ވެސް ތިން ފަރާތެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށައް .
ރޭގެ އެއްވުމުގައި ބައިވެރިވި ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށައް ގެންދަނީ.

މުޒާހަރާ އިންތިޒާމްކުރި ފަރާތުން މައުލޫމާތުދޭ ގޮތުގައި ރޭގެ މުޒާހަރާގައި ވެސް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މީހުން ހައްޔަރު ކޮށްފައެވެ.

އެގޮތުން ރޭގެ އެއްވުމުގައި ވެސް ތިން ފަރާތެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ އަމަލުތައް ހުންނަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި އަދި ރޭގެ މުޒާހަރާގައިވެސް ބައިވެރިންނަށް މަރުގެ އިންޒާރުދީ ކޮށާލާނެކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތު ފުލުހަކަށް މުޒާހަރާ އިންތިޒާމްކުރި ފަރާތުން ކޮށްފައިވެއެވެ.

މީގެކުރިންވެސް ފުލުހުންގެ ފަރާތުން މިކަހަލަ ކަންކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗެނަލް 13 ނޫސްވެރިއަކަށް ހޭއަރުވާލާނެކަމަށް ”ސޯލިހު“ ނަމަކަށް ކިޔާ ފުލުހަކު ވަނީ އިންޒާރުދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button