
ސަރުކާރުގެ ނިމުން އަންނާނީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭއްތިއްބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ހަދާފައިވާ އަޑި ނޭނގޭ ބާތިލް އެއްބަސްވުންތަކުގެ ސަބަބުން ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ބޭއްތިއްބުމަށް ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައި އާންމުން ކުރަމުންދާ އިހުތިޖާޖާއި ފާޅު ކުރަމުންދާ ޝުއޫރުތަކުގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ސަރުކާރު ތެޅިފޮޅެމުން ދާ ކަމުގައެވެ.
The Authorities r being chased to reveal the covert agreements that hoard the lndian military in the Maldives.Can we contemplate the disclosure of a falsified agreement?Incoherent rigmarole so far but this may deliver the coup de grace for the State’s rambling
— Abdulla Yameen (@prz_ymn) May 28, 2022
ނުރަނގަޅު އެއްބަސްވުންތައް ހާމަކުރުމުގެ ވިސްނުން ގެންގުޅެންވީތޯ ސުވާލު ކުރައްވައި ޔާމީން ވިދާޅުވީ އެއްބަސްވުން ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމާއި ދިގު ދެންމުންތަކުން ފެންނަނީ ދައުލަތެއްގެ ނިމުން ކަމުގައެވެ.
ރައީސް ޔާމީން މިފަދައިން ޓުވީޓު ކުރެއްވި އިރު އިންޑިއާ ސަފީރު ހުޅުމާލޭގައި ދިރިއުޅުއްވާ ގެކޮޅު ސަރަހައްދުގައި މިރޭ ”އިންޑިއާ އައުޓު“ މުޒާހަރާ ކޮށްފައިވެއެވެ.